Saturday, October 31
ރޭ ފެނުނީ މަޖިލީހުގެ ސުޕަރމެޖޯރިޓީއެއް އޮންނަ ސަރުކާރެއްގެ ފަރާތުން މީގެ ކުރިން ނުފެންނަ ކަމެއް: ފަޙްމީ
ރޭ ފެނުނީ މަޖިލީހުގެ ސުޕަރމެޖޯރިޓީއެއް އޮންނަ ސަރުކާރެއްގެ ދަށުން މީގެ ކުރިން ނުފެންނަ ކަމެއް ކަމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ، ޙުސައިން ފަޙްމީ ވިދާޅުވެއްޖެއެވެ. ފަޙްމީ މިހެމް ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިގޮތުން ފަޙްމީ ވިދާޅުވީ ރެއަކީ ރާއްޖޭގެ ޑިމޮކްރަސީގައި ތާރީޚީ ދަނޑިވަޅެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މިނިވަންކަމާއެކު މުޒާހަރާތައް ބޭއްވުމަކީ ޚާއްޞަކޮށް މަޖިލީހުގެ ސުޕަރމެޖޯރިޓީ އޮންނަ ސަރުކާރެއްގެ ދަށުން މީގެ ކުރިން ފެނިފައި ނުވާ ފިޔަވަޅެއް ކަމަށެވެ. މީގެ އިތުރުން، މި ފެންވަރަށް ކަންތައްތައް ފަސޭހަވުމަކީ ކުރީގެ ވެރިކަންތަކުގައި ދުވަހަކުވެސް ފެނިފައި ނުވާ ކަމެއް ކަމަށާއި، މިކަމުން އަލިއަޅުވާލަދިނީ ދިމިޤްރާތީ ވެރިކަން ހިންގުމުގެ އައު އުޞޫލެއްގެ މައްޗަށް ކަމުގައިވެސް ފަޙްމީ ވިދާޅުވިއެވެ. ފަޙްމީ ވިދާޅުވީ މިއީ ދުސްތޫރީ ޙައްޤުތައް ނެގެހެއްޓުމަށާއި، ސިޔާސީ ގޮތުން ހުރިހާ ފަރާތްތަކެއް ހިމަނައި، ޤާނޫނީ ވެރިކަން ކަށަވަރުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި، މިފަދަ ފުރުޞަތުތައް ފަހިކޮށްދެއްވައިގެން އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގައި ޑިމޮކްރަސީގެ ކަންކަން ތަޙައްމަލްކުރުމާއި ސިޔާސީ މިނިވަންކަމަށް އިޙްތިރާމްކުރުމުގެ އައު މިންގަނޑެއް ކަނޑައަޅުއްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފަޙްމީ މިހެން ވިދާޅުވިއިރު، އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ "ފުދިއްޖެ ފުނޑިއްޖެ" ގެ ނަމުގައި ރޭ މާލޭގައި ބޮޑު ހިނގާލުމެއް ބާއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ފަރޭ - 2025-02-01T10:17:27

    ފަހުމީ އަށް ތިޔަހުރީ ވައި އަޅުވަން ދަސްވެފައި. ކަލޭމެން ކޮންމެ ގޮތަކަށް ހީކުރިއަސް މުޢިއްޒަކީ ކައްޒާބެއް. ބަހުލޫލެއް.