އާދިއްތަ, November 1
ލޭ ހަދިޔާ ކުރުމުގެ ޤައުމީ ކެމްޕެއިނެއް ފަށައިފި

"ޖޮއިން ދަ ހީރޯސް"ގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ޤައުމީ ކެމްޕެއިނެއް ފަށައިފިއެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ކެޕްފެއިން އިފްތިތާޙްކޮށްދެއްވީ ޞިއްޙަތާ ބެހޭ ވަޒީރު، އަބްދުﷲ ނާޡިމް އިބްރާހީމެވެ.

ރޭގެ ރަސްމިއްޔާތުގައި ވަޒީރު ނާޡިމް ދެއްކެވި ވާހަކަފުޅުގައި ލޭ ހަދިޔާ ކުރުމުގެ މުހިއްމު ކަން ފާހަގަކުރައްވައި، މި ކެމްޕައިންގައި ބައިވެރިވެ ވީހާވެސް ގިނަ ބޭފުޅުން ލޭ ހަދިޔާކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ދުނިޔޭގެ އާބާދީގެ ނިސްބަތުންވެސް ރާއްޖެއަކީ ތެލަސީމިއާ ކުދިން ގިނަ ގައުމަކަށްވެފައި އެކުދިންނަށް ބޭނުންވާނެ ލޭ، ލުއިފަސޭހަ އިންތިޒާމްތަކެއްގެ ދަށުން ހަމަޖެހިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، މޯލްޑިވިއަން ބްލަޑް ސަރވިސަސަށް ލިބޭ ލޭގެ %33.9 އަކީ ވޮލަންޓްރީ ޑޮނޭޝަން ކަމަށްވުމާއެކު މިއީ ނިސްބަތުން މަދު އަދަދަކަށް ވެފައި، މިފަދަ ކެމްޕެއިނެއްގެ ނަތީޖާ އަކަށް ވެގެންދާނީ ވޮލަންޓްރީ ޑޯނާސްގެ ނިސްބަތް އިތުރުވެ މޯލްޑިވިއަން ބްލަޑް ސަރވިސަސަށް ލިބޭ ލޭ އިތުރު ކޮށްދިނުން ކަމަށެވެ.

އަދި ތެލަސީމިއާ ކުދިންގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށްޓައި މިއަދުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ފާހަގަ ކުރައްވައި، ވަޒީރު ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވައިފައެވެ.

މިއީ ލޭ ބޭނުންވާ ފަރާތްތަކަށް އެފަދަ ފުރުޞަތުތައް ހުޅުވައި ދެއްވާ ތެލަސީމިއާ ކުދިންނަށާއި އަދި މިނޫންވެސް ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށް ދިނުމަށް ލުއިފަސޭހަ މަގެއް ހުޅުވައިދިނުމުގެ ގޮތުން މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު HRDNCLLP ލޭއެޕާއި ޞިއްޙީ ވުޒާރާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު