Saturday, October 31
ކުރީގެ ފަސްޓް ލޭޑީ ފަޒްނާގެ މަންމަ އަވަހާރަވެއްޖެ

ރާއްޖޭގެ ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން، ފަޒްނާ އަހުމަދުގެ މަންމަ، ޒަމީރާ އުމަރު އަވަހާރަވެއްޖެއެވެ.

ޒަމީރާ އަވަހާރަވީ އުމުރުން 82 އަހަރުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަމީރާ އަވަހާރަވެފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ޒަމީރާ އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ ޢާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.

https://twitter.com/MMuizzu/status/1885309997044920800

ޒަމީރާ އުމަރަކީ ކުރީގެ ރައީސް، މުހައްމަދު ނަޝީދުގެ ބޮޑުދައިތާފުޅު ވެސް މެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު