Wednesday, November 18
ނައުރޫގެ މިނިވަން ދުވަހާ ގުޅިގެން ރައީސް ތަހުނިޔާ ފޮނުއްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނައޫރޫގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން އެ ޤައުމުގެ ރައީސް އަދި ހެޑް އޮފް ސްޓޭޓް، ހިޒް އެކްސެލެންސީ ޑޭވިޑް ރަނިބޮކް އަޑެއާންގް އަށް ތަހުނިޔާ ފޮނުއްވައިފިއެވެ.

‎ރައީސް އޮފީހުން ހާމަކުރި ގޮތުގައި ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ ޤައުމުގެ އިސް ވެރިންނާއި ރައްޔިތުންނަށް، ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވައި، އެ ޤައުމުގެ ރައްޔިތުންނަށް ތަރައްޤީއާއި ފާގަތިކަމަށް އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައިވެއެވެ.

‎ނައޫރޫގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހެވެ. ދިވެހިރާއްޖެ އާއި ނައޫރޫއާ ދެމެދު ދާޚިލީ ގުޅުން ޤާއިމުކޮށްފައިވަނީ 2000 ވަނަ އަހަރުގެ މޭ މަހުގެ 9 ވަނަ ދުވަހުގައެވެ.

މައިކްރޮނީޝިއާގައި އޮންނަ ނައުރޫ އަކީ ދުނިޔޭގެ ތިންވަނަ އަށް އެންމެ ކުޑަ ޤައުމެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު