Saturday, October 31
ރައީސް ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
މި ވަޠަނަށް އުޖާލާ މާދަމައެއް ހޯދައިދނުމަށް ހިންމަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ޤައުމީ ވާޖިބު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައިސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރާ 47 ވަނަ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހީންގެ މިނިވަންކަމުގެ ޙައްޤުގައި ޖިހާދުކުރި ބަޠަލުންނާއި ޝަހީދުންގެ ހިތްވަރުން ނަމޫނާ ލިބިގަނެ، މި ވަޠަނަށް އުޖާލާ މާދަމައެއް ހޯދައިދިނުމަށް ހިންމަތްކުރުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ޤައުމީ ވާޖިބު ކަމަށެވެ. ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޝައުބާން މަހުގެ އެއްވަނަ ދުވަހުއެވެ. މިއީ އިސްލާމްދީނާއި ޤައުމުގެ ދިފާއުގައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލި ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވި ޤައުމީ އަބްޠާލުންގެ ހަނދާން އާކޮށް، އެ ފަރާތްތަކުގެ ޒިކުރާ އާލާކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު