Saturday, October 31
ސަޢޫދީން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް ވަޒީރު ޑރ. ޚަލީލްގެ ޝުކުރު

ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭއަށް ދެމުންގެންދާ އަހައްމިއްޔަތުކަމާއި ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށްޓަކައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް ހައިނަސް ޕްރިންސް ފައިޞަލް ބިން ފަރްހާން އަލް-ސަޢޫދާ ޝުކުރު ދަންނަވައިފިއެވެ.

މިގޮތުން ވަޒީރު ޑރ. ޚަލީލް މިހާރު ސަޢޫދީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޚާރިޖީ ވަޒީރާ ބައްދަލުކުރައްވައި ވަޒީރު ޑރ. ޚަލީލް ވަނީ މި ދަތުރުފުޅަށްފަހު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމަށްވެސް މުހިއްމު ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމަށާއި ބައިނަލްއަޤްވާމީ މަސްރަހުގައި އެއްބާރުލުން އިތުރުކުރުމަށްވެސް ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، ދެ ޤައުމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި މި ގުޅުން ދަމަހައްޓައި އިތުރަށް ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރގެ އަރިހުގައި، ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރާއި ސެކްރެޓަރީ، ބައިލެޓަރަލް ޑޮކްޓަރ ހާލާ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ނަޖީހާއާއި ސަޢޫދީ ޢަރަބިއްޔާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ކައުންސެލަރ އަޙްމަދު ފަޒީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު