ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާޙްކޮށްފިއެވެ.
މިކަމަށްޓަކައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ޕްލޭންތައް އިފްތިތާޙްކޮށްދެއްވީ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ރޭ އިފްތިތާޙްކުރެވުނު ފަސް އަހަރު ދުވަހުގެ ޕްލޭނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކާއި އަދި ސަރުކާރުން ބޭނުންވާ ކަންތައްތައް ޙާޞިލްކުރުމަށްޓަކައި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައި ވެއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭ އެ ވުޒާރާއިން ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކޮންމެ ކައުންސިލަކީ ވެސް މިއަދު އެ ވުޒާރާއެކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރާ ބަޔަކަށް ވެފައިވާ ކަމަށެވެ.
5 އަހަރުގެ ޕްލޭނާއި، މި ހިނގާ 2025 ވަނަ އަހަރުގެ މަސައްކަތު ޕްލޭން އިފްތިތާޙުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕްލޭންގެ މައްޗަށް ބަލައިލާ ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަތުޙީ ހުށަހަޅައި ދެއްވިއެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ ވަރަށް ގިނަ ޢަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ރޭ އިފްތިތާޙްކުރެވުނު ޕްލޭންތަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ޕްލޭންތައް އެކުލަވަލުމުގައި އެ ވުޒާރާގެ ހުރިހާ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށާއި، މި ޕްލޭންތަކުގެ ސަބަބުން އެ ވުޒާރާގެ މަސައްކަތް ހަލުވިވެ، އަމާޒުތައް ހާސިލުކުރުމަށް ފަސޭހަވާނެ ކަމަށެވެ.
Ministry @MoCLPmv ge 5 aharu dhuvahuge strategic plan adhi miaharuge aharee plan mirey vanee ifuthithaahu kurevifai.
Plans ekulavailumugai hurihaa muvazzafun kurevvi bura masakkaiy faahaga kuran.
Mi plans ge sababun Ministry ge masakkaiy haluive, target thah haasilu kurumah… pic.twitter.com/8BlRF1KFNp— Adam Shareef Umar (@Adamshareefz) January 30, 2025
މި ލިޔުން ކިޔާލުމުން