Saturday, October 31
އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅޭ ގަވާއިދަށް އިޞްލާޙު ގެނައުމާ ގުޅޭގޮތުން މަޝްވަރާކޮށްފި
އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅޭ ގަވާއިދަށް އިޞްލާޙު ގެނައުމާ ގުޅޭގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ މެންބަރުންނާއެކު މަޝްވަރާކުރައްވައިފިއެވެ. މިގޮތުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރިގޮތުގައި އެ ވުޒާރާގެ މިނިސްޓަރުގެ ނައިބު، މުޙައްމަދު ޢިމްރާން ޙަސަން އަދި އެ ވުޒާރާގެ ޓެކްނިކަލް ޓީމުން ވަނީ ބުރާސްފަތި ދުވަހު ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ މެންބަރުންނާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން އިމާރާތްކުރުމުގެ ދާއިރާގައި ޢަމަލީ މަސައްކަތްކުރާ ފަރާތްތަކާ ގުޅޭ ގަވާއިދަށް އިޞްލާޙު ގެނައުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އެ ވުޒާރާއިން ބުނީ މިއީ އެ ގަވާއިދަށް އިޞްލާޙު ގެނައުމަށްޓަކައި ކުރިއަށްގެންދެވޭ ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުންތަކުގެ ސިލްސިލާގެ ތެރެއިން ބޭއްވުނު ބައްދަލުވުމެއް ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު