Saturday, October 31
އޮފީހެއްގެ ތެެރޭގައި ސިނގިރޭޓް އުފައްދަމުންދާކަމުގެ ތުހުމަތާއެކު ފުލުހުން އެ އޮފީހަށް ވަދެއްޖެ

މާލޭ އޮފީހެއްގެ ތެެރޭގައި ސިނގިރޭޓް އުފައްދަމުންދާކަމުގެ ތުހުމަތާއެކު ފުލުހުން އެ އޮފީހަށް ވަދެއްޖެއެވެ.

ފުލުހުން މިރޭ ބުނީ ހ.ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާކަމަށް މައުލޫމާތު ލިބުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެތަނަށް ވަދެ ބަލައި ފާސްކުރަމުންދާ ކަމަށެވެ.

އެ ގެއިން ބޮޑެތި ފޮށިތަކެއްގައި ބައެއް ސާމާނު ނެރެ، ފުލުހުންގެ ވެހިކަލަކަށް އެރުވިކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައާ ގުޅޭ ތަފުސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު