Saturday, October 31
ކުންފުނިތަކުގެ ވެރިންގެ މުސާރަ 90،000 ރުފިޔާއަށް ކުޑަކޮށްފި

ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ވެރިންގެ މުސާރަ މި މަހުން ފެށިގެން 90,000 ރުފިޔާއަށް ކުޑަކޮށްފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރުނު ސާކިއުލަރއެއްގައި ބުނީ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި މުސާރައާ ގުޅޭ ގޮތުން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (ބޭންކްތައް ފިޔަވައި) މުވައްޒަފުންގެ ތެރެއިން ކުންފުނިތަކުގެ ޓެކްނިކަލް ދާއިރާތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުން ނުހިމެނޭގޮތަށް ކުންފުނިތަކުގެ އެންމެ އިސް މަގާމުތަކުގައި ތިއްބަވާ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90,000 ރުފިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައި ކަމަށެވެ.

އެހެންކަމުން 1 ޖަނަވަރީ 2025 އިން ފެށިގެން ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށް ތިރީގައިވާ ގޮތުގެ މަތިން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނި (ބޭންކްތައް ފިޔަވައި) ތަކުން އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

އެގޮތުން ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ރާއްޖޭއިން ބޭރުގެ ޑިރެކްޓަރުން ފިޔަވައި ބޯޑުތަކުގެ ޗެއަރމަނުން، މެނޭޖިންގ ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ހިމެނޭހެން މަހު މުސާރައާއި އިނާޔަތުގެ ގޮތުގައި 90,000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތަކުން 90,000 ރުފިޔާއަށްވުރެ އިތުރުވާ ބައި ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށްފަހު 90,000 ރުފިޔާއަށްވުރެ އިތުރުނުވާނެހެން މުސާރައާއި އިނާޔަތްތައް ދިނުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޓެކްނިކަލް މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި އެހެނިހެން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް 90,000 ރުފިޔާއަށްވުރެ އިތުރުވާނަމަ 90,000 ރުފިޔާއަށްވުރެ އިތުރުވާ ބައި ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށްފަހު 90,000 ރުފިޔާއަށްވުރެ އިތުރުނުވާނެހެން މުސާރައާއި އިނާޔަތްތައް ދިނުމަށާއި، އަދި މިކަމާ ގުޅިގެން ގާނޫނީ ގޮތުން މުވައްޒަފުންނާއެކ ހެދިފައިވާ އެއްބަސްވުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ވަނީ އަންގާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު