Saturday, October 31
ލޯންޗެއް ބަންޑުން ޖަހާލައި 3 މީހަކަށް އަނިޔާވެއްޖެ

ށ.މިލަންދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހައިލައި 3 މީހުންނަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މިލަންދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހައިލައިގެން އުޅުނު ކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރުފަހު 14:15 ހާއިރު ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުން ލޯންޗު ބަންޑުން ޖަހައިލުމުން އޭގައި ތިބި އެހެން މީހުން ސަލާމަތްކުރީ އެ ސަރަހައްދަށް ދިޔަ އެހެން ލޯންޗަކުންނެވެ.

ލޯންޗު ބަންޑުން ޖަހައިލިއިރު ލޯންޗުގައި އެއް އާއިލާއެއްގެ ގިނަ ބަޔަކު ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ލޯންޗު ބަންޑުން ޖަހައިލުމުން 3 މީހަކަށް އަނިޔާވެފައިވާއިރު، އެ އެންމެންނަށް މިލަންދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު