Saturday, October 31
އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމުގެ މަސައްކަތް ފެބްރުއަރީ މަހު ފެށިގެންދާނެ: ރައީސް

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމުގެ މަސައްކަތް މި ފެށޭ ފެބްރުއަރީ މަހު ފެށިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

އުލިގަމުގެ ތަރައްގީއަށްޓަކައި އެ ރަށުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމުގެ މަސައްކަތް ފެބްރުއަރީ މަހު ފެށިގެންދާނެކަން ރައީސް ޑރ. މުޢިއްޒު އިއުލާނުކުރެއްވީ މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުލިގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ސްޕޯޓްސް ފިޝިންގއަށް ބޭނުންވާ ބޮއި، ފެބްރުއަރީ މަހު ހަރުކުރެވި، އޭގެ ފައިދާ އުލިގަމު ރައްޔިތުންނަށް ލިބިގެންދާނޭ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.

މީގެއިތުރުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އުލިގަމު ރައްޔިތުން އެންމެ ބޮޑަށް އެދޭ އެއް ކަމަކީ އެރަށު ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުންކަން ފާހަގަކުރައްވައި، އެކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން އެމްޓީސީސީއާ ހަވާލުކޮށްގެން އެ މަސައްކަތް އަންނަ މަހު ފެށިގެންދާނޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒު އުލިގަމު ރައްޔިތުންނާ ބައްދަލުކުރެއްވި މި ރަސްމިއްޔާތުގައި، ބޭންކް އޮފް މޯލްޑިވްސްއިން އުލިގަމުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކައުންސިލާ ހަވާލުކުރެއްވުން ވެސް އޮތެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު