Saturday, October 31
ރައީސް ޑރ.މުޢިއްޒު އުލިގަމު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އުލިގަމު ކައުންސިލާ ބައްދަލުކުރައްވައި، އުލިގަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެ ރަށަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު މެންދުރު އުލިގަމު ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި އުލިގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެލެއްވިއެވެ.

މި ބައްދަލުވުމުގައި އުލިގަމު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، އައު ހެލްތު ސެންޓަރެއްގެ ބޭނުން ޖެހިފައިވާ މިންވަރާއި، ރަށުގެ ކުނި މެނޭޖުކުރުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހިމެނެއެވެ.

ކައުންސިލުން ވަނީ އުލިގަމުގައި ހެލްތު ސެންޓަރަކާއި ކުނިކޮށްޓެއް ގާއިމުކޮށްދެއްވުމަށާއި، ރަށުގެ ބަނދަރުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، ރަށުގައި ޔޮޓް މެރީނާއެއް ގާއިމުކޮށްދެއްވުމަށް އެދިލައްވައިފައެވެ.

މީގެއިތުރުން ކައުންސިލުން ވަނީ އެ ރަށު ސްކޫލުގެ އައު އިމާރާތުގެ މަސައްކަތާއި ސްކޫލަށް ބޭނުންވާ އެހެން ވަސީލަތްތައް ހަމަޖައްސަވައިދެއްވުމަށް ވެސް އެދިލައްވައިފައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލާއި، އަންހެނުންގެ ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު