Saturday, October 31
މޮޅަދޫ ކައުންސިލުގެ ކަންބޮޑުވުންތައް ރައީސް ޑރ.މުޢިއްޒާ ހިއްސާކުރައްވައިފި

ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ މިއަދު ހިއްސާކުރައްވައިފިއެވެ.

ރައީސް ޑރ. މުޢިއްޒު މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މޮޅަދުއަށް ވަޑައިގެން، މޮޅަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި، މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެ ރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މޮޅަދޫ ސްކޫލްގައި ބޭއްވި މި ބައްދަލުވުމުގައި ކައުންސިލުގެ މެންބަރުން ވަނީ އެ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް މެދުކެނޑިފައިވާތީއާއި، ސްކޫލާއި ކައުންސިލު އިމާރާތުގެ ޖާގައިގެ ދަތިކަމާއި، ރަށުގެ ގިރާ ސަރަހައްދުގެ މައްސަލައިގެ ކަންބޮޑުވުންތައް ރައީސާ ހިއްސާ ކުރައްވާފައެވެ.

އަދި އައު ފުޓްސަލް ދަނޑަކާއި، ވޮލީ ކޯޓަކާއި، ކުޑަކުދިންގެ ޕާކަކާއި، ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރެއް ރަށުގައި ގާއިމުކުރަން ބޭނުންވާކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެ ރަށުގެ ސިއްހީ މަރުކަޒު މަރާމާތު ނުކުރެވި ގިނަ އަހަރުތަކެއް ފާއިތުވެ ގޮސްފައިވާތީ ރަށަށް އައު ސިއްހީ މަރުކަޒެއްގެ ބޭނުންޖެހިފައިވާކަން މުއައްސަސާތަކުގެ ފަރާތުން ރައީސާ ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ޑރ. މުޢިއްޒު ވަނީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކައުންސިލާއި، އަންހެނުންގެ ކޮމިޓީއާއި، މުއައްސަސާތަކުގެ އިސްވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު