Saturday, October 31
މޮޅަދޫގައި ބީއެމްއެލްގެ އޭޓީއެމެއް ބަހައްޓަން ކައުންސިލާ ހަވާލުކޮށްފި

ހއ. މޮޅަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމެއް ބެހެއްޓުމުގެ މަސައްކަތް އެ ރަށު ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، މުޙައްމަދު ޝަރީފެވެ. މޮޅަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް، މުޙައްމަދު ސިނާދެވެ.

މުޅި ރާއްޖޭގައި ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މިދިޔަ ނޮވެންބަރު މަހު އިފްތިތާޙްކޮށްފައިވާއިރު، ބީއެމްއެލް އިން ދަނީ ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ބޭންކުން ދަނީ އަންނަ މާރިޗު މަހުގެ ނިޔަލަށް 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.

ބީއެމްއެލްގެ އޭޓީއެމް ހއ. މޮޅަދޫގައި ބެހެއްޓުމަށް ކައުންސިލާއެކު އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ރައީސް ޑރ. މުޙައްމަދު އެ ރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު