Saturday, October 31
ރިޔާދުގައި ދިރިއުޅޭ ދިވެހީންނާ ވަޒީރު ޑރ. ޚަލީލް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ބައްދަލުކުރައްވައިފިއެވެ. މިގޮތުން ޑރ. ޚަލީލް ވަނީ ރިޔާދުގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާއި، ސިފައިންނާއި އެކިއެކި ވަޒީފާތަކުގައި އުޅުއްވާ ފަރާތްތަކާވެސް ބައްދަލުކުރައްވައިފައެވެ. މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޚަލީލް ވިދާޅުވީ އެ ފަރާތްތަކުން ޤައުމުގެ ކުރިއެރުމަށް ކޮށްދޭ މަސައްކަތްތަކުގެ އަގުވަޒަންކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ކުރިއެރުމާއި ހަރުދަނާކަމަށް މުހިންމު ކަމެއް ކަމަށްވާ އެ ފަރާތްތަކުގެ ޚިދުމަތްތެރިކަން ފެނިވަޑައިގެންނެވުމަކީ ލިބިވަޑައިގަންނަވާ ހިތްވަރެއް ކަމުގައި ޑރ. ޚަލީލް ވިދާޅުވިއެވެ. މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ ދިވެހި މުޖުތަމަޢުއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކާ ގުޅިގެން ޚާރިޖީ ވުޒާރާއިން ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރައްވަމުންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާރިޖީ ވަޒީރު ސަޢޫދީ އަށް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދުގެ އިތުރުން ސަޢޫދީ ސަރުކާރުގެ އެހެން ޢިއްޒަތްތެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ބައްދަލުވުންތަކުގެ މަޝްވަރާތައް އަމާޒުކުރައްވާނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކޮށް، ގުޅިގެން މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުން ކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު