Saturday, October 31
އިހަވަންދޫގައި އިމާރާތްކުރާ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

ހއ. އިހަވަންދޫގައި އިމާރާތްކުރާ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ.

އިހަވަންދޫގައި އިމާރާތްކުރާ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އެޅީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ.

ފިޝަރީޒް ކޮމްޕްލެކްސް އެޅުމަށް ހަމަޖެހިފައިވަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ އެހީތެރިކަމާއެކުއެވެ.

މި ފިޝަރީޒް ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިންގ ފެސިލިޓީއެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، ކޮމްޕްލެކްސްއަށް ޚާއްސަކޮށް އިންޖީނުގެއަކާއި، ގުދަނަކާއި، ވެހިކަލް ވޯކްޝޮޕަކާއި، އޮފީސް އިމާރާތެއް އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން 7 މީޓަރު ފުންމިނުގެ 1000 މީޓަރުގެ ދިގު މަގަތު ފާލަމަކާއި، 4.5 މީޓަރުގެ ފުންމިނުގެ ބަނދަރެއް ( 3 ޕޮއިންޓުން މަސް ކިރޭ ޖެޓީއަކާއެކު) ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު