Saturday, October 31
އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފަށައިފި

ހ.އ އިހަވަންދޫގައި އައިޑީކާޑާއި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ފަށައިފިއެވެ.

އިހަވަންދޫގައި ޕާސްޕޯޓާއި އައިޑީ ކާޑު ދޫކުރުމުގެ ޚިދުމަތް އިފްތިތާޙުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ހިދުމަތް އިފްތިތާހުކޮށްދެއްވުމުގެ ގޮތުން އެ ރަށުގައި ފުރަތަމަ ޕްރިންޓް ކުރި އައިޑީކާޑާއި، އިމިގްރޭޝަނުން ދޫކުރި ފުރަތަމަ ޕާސްޕޯޓުވެސް ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.

އިމިގްރޭޝަނުން މިކަމާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ހއ. އަތޮޅަށް ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، މިއަދު ހއ. އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައި ކަމަށެވެ.

https://twitter.com/ImmigrationMV/status/1884592969510178993

އަދި މި އައު ޚިދުމަތާ ގުޅިގެން، "އިމުގާ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް ހއ. އިހަވަންދޫއިން ނެގުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ނަޖުދު - 2025-01-29T21:41:23

    ޑްރައިވިންގް ލައިސަންސްގެ ކަންތައްދާގޮތަށް ތިކަން ނުގޮސްފިއްޔާ ރަނގަޅު. އެވާހަކަ ބުނެލީ.