Saturday, October 31
ގާނުނާގަވައިދާ ހިލާފަށް ކުރާ އަމަލެއް ބަލައެއް ނުގަންނާނަން: މައުމޫން

އެއްވެސް ފަރާތަކުން ގާނޫނާގަވައިދާ ހިލާފަށް ކުރާ އަމަލެއް ބަލައިނުގަންނާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމާއި ގުޅިގެންނެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މައުމޫން ވަނީ އެއްވެސް ފަރާތަކުން ގާނޫނާގަވައިދާ ހިލާފަށް ކުރާ އަމަލެއް ބަލައިނުގަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

https://twitter.com/maumoonagayoom/status/1884584149090210001

އިލެކްޝަންސް ކޮމިޝަން އިން ބުނީ އެމްއާރުއެމް އުވައިލީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެމްއާރްއެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް އީސީން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު