Saturday, October 31
ތަކަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް އޮތް ދެތިން މަސްތެރޭގައި ފަށާނަން: ރައީސް

ހއ. ތަކަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް އޮތް ދެތިން މަސްތެރޭގައި ފަށްޓަވާނެ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ތަކަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ތަކަންދުއަށް ވަޑައިގެންނެވުމުން ވެސް ފުރަތަމަ ފާހަގަކުރެއްވުނު އެއް ކަމަކީ ބަނދަރުގެ ޖާގައިގެ މައްސަލަ ކަމަށާއި، ތަކަންދޫ ކައުންސިލްގެ ފަރާތުންނާއި، ދާއިރާގެ މަޖިލިސް މެންބަރު ވެސް މީގެކުރިން އޮތީ އެމަނިކުފާނާ ހަމައަށް އެ މައްސަލަ ގެނެސްދެއްވާފައި ކަމަށެވެ.

ރައީސް ވިދާޅުވީ ތަކަންދޫ ބަނދަރުގެ މަޝްރޫއުއަކީ މި އަހަރުގެ ބަޖެޓުގެ ތެރޭގައި، ކުރަން ނިންމާފައި ހުރި މަސައްކަތްތަކުގެ ތެރޭގައި ޕްލޭން ކުރެވިފައި ވެސް އޮތް ކަމެއް ކަމަށެވެ.

''އަޅުގަނޑު އެންމެ ފުރަތަމަވެސް ދަންނަވާލަން ބޭނުންވަނީ މިރަށަށް އަޅުގަނޑު އައުމުގައި ދޭން ބޭނުންވި އެންމެ މުހިންމު މެސެޖަކީ، އަދި ދަންނަވަން ބޭނުންވި އެންމެ މުހިންމު އެއް ވާހަކައަކީ ކުރިން އެ ސޮއިކުރެވި، ނަމަވެސް އެކަށީގެންވާ ގޮތަކަށް ތިޔަބޭފުޅުން ބޭނުންވާގޮތަށް ނުހިނގާ މި އޮތް މަޝްރޫއު، ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ފަށަން ޖެހިފައި އޮތް، ނުހިނގާ އޮތް މަޝްރޫއު އިރާދަކުރެއްވިއްޔާ، މި އަހަރުގެ ކުރިއަށް އޮތް ދެތިންމަސް ތެރޭގައި ފަށާނެ ވާހަކަ.''

މަސައްކަތް ފަށައިގަތުމަށް ސަރުކާރުން ވެސް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި، އެ ކަންކަން ފުރިހަމަކޮށްލުމާ އެކީގައި، ރަމަޟާން މަސް ނިމިގެން ގޮސް، އެޕްރީލް މަސް ތެރޭގައި، އެ ރަށުގެ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަން ހިނގަމުންދާއިރުގައި ރަށްގިރުމާއި، ތުނޑި ހިމާޔަތްކުރުމުގެ މަޝްރޫއުއަކީ މިހާރުވެސް ހަމަޖެހިފައި އޮތް މަޝްރޫއުއެއް ކަމަށް ރައީސް ވިދާޅުވިއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު