Saturday, October 31
ކުރީގެ ރައީސް މައުމޫނުގެ އެމްއާރްއެމް އުވާލައިފި

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އެމްއާރްއެމް އުވާލައި، އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށެވެ.

އެމްއާރްއެމް އުވައިލީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ގާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ ކަމަށް އީސީއިން ބުންޏެވެ.

އެމްއާރްއެމްއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެވެ.

3000 މެންބަރުން ހަމަނުވާތީ މީގެކުރިން ވެސް އެމްއާރްއެމް އުވައިލަން ނިންމިއެވެ. އެއީ 24 މެއި 2023 އެވެ.

އެމްއާރްއެމް އުވާލުމަށް އީސީއިން އޭރު ނިންމުމާ ގުޅިގެން އެ ޕާޓީއިން އީސީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ކޯޓުން ނިންމީ އީސީގެ ނިންމުން ގާނޫނާ ޚިލާފު ކަމަށާއި، އެ ނިންމުމަށް އަމަލު ނުކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު