Saturday, October 31
ސަޢުދީގެ އަމީރު މުޙައްމަދު ބިން ފަހުދު އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޚާންދާނަށް ނިސްބަތްވެވަޑައިގަންނަވާ އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ތައުޒިޔާ ވިދާޅުވެ، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދަށް ރައީސް
ފޮނުއްވި މެސެޖުގައި ވަނީ އަލްމަރުޙޫމް އަލްއަމީރު މުޙައްމަދު، އިޖުތިމާއީ ގޮތުންނާއި އިންސާނިއްޔަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ކޮށްދެއްވާފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައިފައެވެ.

އޭގެތެރެއިން ވެސް ޒުވާނުންގެ ކުރިއެރުމަށާއިި، ސިއްހީ ޚިދުމަތުގެ ވަސީލަތްތައް ހޯދުމަށް ފަސޭހަ ގޮތްތައް މަގުފަހި ކޮށްދެއްވުމާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ކޮށްދެއްވާފައިވާ މިންނެތް މަސައްކަތްތަކަށް ރައީސްގެ މެސެޖުގައި އަލިއަޅުވާލައްވައިފައިވެއެވެ.

ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް މި ކުރިމަތިވި ހިތާމަވެރި ދަނޑިވަޅުގައި ރައީސް ފޮނުއްވި މެސެޖު ނިންމަވާލައްވާފައިވަނީ އަލްއަމީރު މުޙައްމަދު ބިން ފަހުދު އަލް ސަޢޫދުގެ ފުރާނަފުޅަށް ހެޔޮ ރަހުމަތްލައްވައި، މަރުޙޫމްގެ ފާފަ ފުއްސެވުމަށާއި، ރަސްގެފާނަށާއި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ރައްޔިތުންނަށް ހަމަޖެހުމާއި ހިތްވަރު މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެން ދުއާ ދަންނަވަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު