ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
މިގޮތުން ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ދުވަހުގެ ތަހުނިޔާ ފޮނުއްވައި، މިއަހަރަކީ ޗައިނާގެ ރައްޔިތުންނަށް ތަނަސްވަކަމާއި، ދުޅަހެޔޮކަމާއި، އުފާވެރިކަން ލިބިގެންދާނެ އަހަރެއް ކަމުގައި ވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައެވެ.
My warmest greetings and sincere good wishes to President Xi Jinping and the friendly people of China on the joyous celebration of the Spring Festival and #ChineseNewYear. May this year bring prosperity, health, and happiness to the people of China.
The Maldives cherishes its… pic.twitter.com/Elvup0BxvZ
— Dr Mohamed Muizzu (@MMuizzu) January 29, 2025
މީގެ އިތުރުން، ޗައިނާއާއެކު އޮންނަ ގާތް އެކުވެރިކަމުގެ ގުޅުމުގެ އަގު ރާއްޖެއިން އަބަދުވެސް ވަޒަންކުރާ ކަމަށާއި، ދެ ޤައުމު އެކުގައި އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އުއްމީދީ ގުޅުމެއް ބިނާވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އައު އަހަރަށް މަރުޙަބާ ކިޔާއިރު، ދެ ޤައުމުގެ ވަރުގަދަ ގުޅުންތައް ދެ ޤައުމަށްވެސް އިތުރު ފައިދާތަކެއް ލިބިގެންދާނެ ގޮތަށް ބަދަލުވެގެންދާނެކަމަށް ޔަޤީންކުރައްވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވަނީ ޗައިނާގެ ޕްރިމިއަރ އޮފް ދަ ސްޓޭޓް ކައުންސިލް، އަދި ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ ސެންޓްރަލް ކޮމިޓީގެ މެންބަރ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ޕޮލިޓިކަލް ބިއުރޯ، ލީ ޗިއާންގއަށް ތަހުނިޔާ ވިދާޅުވެ މެސެޖެއްވެސް ފޮނުއްވައިފައެވެ.
ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޫބަރު 1972 ގައެވެ.
މި ލިޔުން ކިޔާލުމުން