އިދިކޮޅު ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން 31 ޖަނަވަރީ 2025 ވާ ހުކުރު ދުވަހުގެ ހަވީރު ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުން އެ ދުވަހުގެ ރޭގަނޑަށް ބަދަލުކޮށްފިއެވެ.
"ފުދިއްޖެ ފުނޑިއްޖެ" ގެ ނަމުގައި ބާއްވާ މި ހިނގާލުން އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ހުކުރު ދުވަހުގެ ހަވީރު 4:00 ގައެވެ. ނަމަވެސް އެ ޕާޓީން ވަނީ އެ ހިނގާލުން މިހާރު އޮންނާނީ ޖަނަވަރީ 31 ވަނަ ދުވަހުގެ ރޭ 8:00 ގައި ކަމަށް ބުނެފައެވެ. ކުރިންވެސް ރާވާފައިވާ ގޮތަށް ހިނގާލުމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން އެއްވާން ޖެހެނީ އާޓިފިޝަލް ބީޗަށެވެ.
"ފުދިއްޖެ-ފުނޑިއްޖެ" ހިނގާލުމުގެ ގަޑި ބަދަލުވެއްޖެ ‼️
🗓️31 ޖެނުއަރީ (ހުކުރު ދުވަހުގެ ރޭ)
⏰ 20:00
📍އާޓިފިޝަލް ބީޗް #FudhijjeFundijje pic.twitter.com/Fn0OMoVJBE— MDP Secretariat (@MDPSecretariat) January 28, 2025
"ޤާނޫނުއަސާސީ" ގެ ދިފާޢުގައި ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވަން މި ހިނގާލުން ބޭއްވުމަސޤ އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމީ މި ޖަނަވަރީ މަހުގެ 8 ވަނަ ދުވަހުއެވެ. މި ހިނގާލުމަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ދަނީ ސިލްސިލާކޮށް ހަރުގެ ޖަލްސާތަކާއި ދޮރުން ދޮރަށް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.
މިދިޔަ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ވެސް އެމްޑީޕީން ވަނީ މާލޭ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވައިފައެވެ.
މި ލިޔުން ކިޔާލުމުން
3 ކޮމެންޓު
ތިއުޅެނީ އަނެއްކާ ވެސް ވައްކަން ކުރަން ވެރިކަން ހޯދަން…މިމީހުން ވެސް ކުރަނީ ވައްކަން…ދެން ވެރިކަމަށް ގެންނަންވީ ފަސްބައި ސާފު ކެރޭ ހީވާގި ތެދުވެރި ސިޔާސީ ލީޑަރެއް..ޤުރުއާނާ ގާތަށް ވެރިކަން ކުރަން ވަޢުދުވެ ޤުރުއާނުގައި އަތްޖައްސައިގެން ހުރެ ހުވައި ކުރަން ކެރޭ މީހެއް..އެކަހަލަ މީހަކަށް ހުރި ހަމައެކަނި ސިޔާސީ ލީޑަރަކީ ޢުމަރު ނަޞީރު.
މި ލިޔުން ކިޔާލުމުން
ތިއުޅެނީ އަނެއްކާ ވެސް ވައްކަން ކުރަން ވެރިކަން ހޯދަން…މިމީހުން ވެސް ކުރަނީ ވައްކަން…ދެން ވެރިކަމަށް ގެންނަންވީ ފަސްބައި ސާފު ކެރޭ ހީވާގި ތެދުވެރި ސިޔާސީ ލީޑަރެއް..ޤުރުއާނާ ގާތަށް ވެރިކަން ކުރަން ވަޢުދުވެ ޤުރުއާނުގައި އަތްޖައްސައިގެން ހުރެ ހުވައި ކުރަން ކެރޭ މީހެއް..އެކަހަލަ މީހަކަށް ހުރި ހަމައެކަނި ސިޔާސީ ލީޑަރަކީ ޢުމަރު ނަޞީރު
މި ލިޔުން ކިޔާލުމުން
ހުދުހުދުގެ ކޮމެންޓް ޖަހަން ނުކެރުނުދޯ
މި ލިޔުން ކިޔާލުމުން