Saturday, October 31
ޚާރިޖީ ވަޒީރުވެސް ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީއަށް
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް، ރަސްމީ ދަތުރުފުޅެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ. ޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސަޢޫދީ އަށް ކުރައްވާ މި ދަތުރުފުޅުގައި ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު، ހިޒް ހައިނަސް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދުގެ އިތުރުން ސަޢޫދީ ސަރުކާރުގެ އެހެން ޢިއްޒަތްތެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. މީގެ އިތުރުން މި ބައްދަލުވުންތަކުގެ މަޝްވަރާތައް އަމާޒުކުރައްވާނީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަކޮށް، ގުޅިގެން މަސައްކަތް ކުރެވިދާނެ އައު ދާއިރާތަކާ ގުޅޭގޮތުން ކަމަށްވެސް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު