އާދިއްތަ, November 29
ރާއްޖެއާއި ސަޢޫދީއާ ދެމެދު އިންވެސްޓްމަންޓް މަޝްރޫޢުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި
އިމާރާތްކުރުމާއި، ގެދޮރުވެރިކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. ޢަބްދުﷲ މުއްޠަލިބް، ސަޢޫދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް މުނިސިޕަލިޓީސް އެންޑް ހައުސިންގ، ހިޒް އެކްސެލެންސީ މާޖިދު ބިން ޢަބްދުﷲ އަލް ހޮޤައިލް އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ޑރ. މުއްޠަލިބް، ރިއަލް އެސްޓޭޓް ފިއުޗަރ ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ރިޔާދަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ދެ ވަޒީރުން ވަނީ ކުރިއަށް އޮތް ތަނުގައި ތަރައްޤީއާއި ކުރިއެރުމަށް ދެ ޤައުމުގެ ދެމެދުގައި ހިންގާ އިންވެސްޓްމަންޓް މަޝްރޫޢުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. ވަޒީރު ޑރ. މުއްޠަލިބް ސަޢޫދީ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން "ނިއު ފްރޮންޓިއާސް: ބެލެންސް އެންޑް އިނޮވޭޝަން އިން ދަ ރިއަލް އެސްޓޭޓް ލޭންޑްސްކޭޕް"، މި މައުޟޫޢުގެ މައްޗަށް ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަންގައިވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު