މީގެ އިތުރުން އަދުރޭ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން ފައިޞަލް ޚިދުމަތް ކުރެއްވީ އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު ކަމަށާއި، ނަތީޖާ ނެރުއްވައި ދެއްކެވި ކަމަށާއި، ދާއިރާގެ އިތުބާރާ ލޯބި ހޯއްދެވި ކަމަށެވެ. "މާތް الله ދަރިފުޅު ފައިޞަލަށް ސާބިތުކަމާ ކެތްތެރިކަން މިންވަރުކުރައްވާ މާ އުޖާލާ މާދަމާއެއް ދައްކަވާށި. އާމީން"، އަދުރޭގެ ޕޯސްޓުގައި ވެއެވެ. އަދުރޭ މިހެން ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުން އިބްރާހީމް ފައިޞަލް މިއަދު ވަކިކުރައްވައިފިއެވެ. ފައިޞަލް އެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވުޒާރާ ވަގުތީ ގޮތުން ހިންގެވުން މިއަދުން ފެށިގެން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދާ ވަނީ ހަވާލުކުރައްވައިފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ ދަރިކަލުން ފައިޞަލް އަކީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ޢައްޔަންކުރެއްވުމާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި އޭނާ އެ މަޤާމަށް ޢައްޔަންކުރެއްވީ ޢަބްދުއްރަޙީމްގެ ދަރިކަލުން ކަމަށްވާތީ ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް، ފައިޞަލް ވަނީ އެކަން ދޮގުކުރައްވައި އެ ވުޒާރާގެ މަސައްކަތްތައް ރައީސް ހަވާލުކުރެއްވީ އެކަން އޭނާއަށް ކުރެވޭނެކަން ޔަޤީންވާތީ ކަމަށް ވިދާޅުވެފައެވެ. ފައިޞަލް މި މަޤާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.އަޅުގަނޑުގެ ދަރިފުޅު އިބްރާހީމް ފައިޞަލަށްޓަކައި އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާ ފަޚުރުވެރިވަން.ރާއްޖޭގެ ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ޚިދުމަތް ކުރީ އިޚްލާޞްތެރިކަމާ ތެދުވެރިކަމާއެކު. ނަތީޖާނެރެދެއްކި. ދާއިރާގެ އިތުބާރާ ލޯބި ހޯދި.މާތް الله ދަރިފުޅު ފައިޞަލަށް… pic.twitter.com/usOmqJzzub
— Abdul Raheem Abdulla (@Banafsaa) January 28, 2025

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އޭނާގެ ދަރިފުޅު އަދި މިއަދުން މަޤާމުން ވަކިކުރި ކުރީގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު، އިބްރާހީމް ފައިޞަލާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ވިދާޅުވެއްޖެއެވެ.
"އަޅުގަނޑުގެ ދަރިފުޅު އިބްރާހީމް ފައިޞަލަށްޓަކައި އަޅުގަނޑާ އަޅުގަނޑުގެ ޢާއިލާ ފަޚުރުވެރިވަން"، އަދުރޭ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން





