Saturday, October 31
ފިއްލަދޫންވެސް ރައީސަށް ހޫނު މަރުޙަބާއެއް

ރަައީސް ޑރ. މުޙައްމަދު މުޢިއްޒު ހއ. ފިއްލަދޫ އަށް ވަޑައިގެންފިއެވެ.

އެމަނިކުފާނު ފިއްލަދޫ އަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.

ރައީސް ފިއްލަދޫ އަށް ވަޑައިގެންނެވީ އެމަނިކުފާނު މިއަދު ހެނދުނު ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް ވަނީ މިއަދު ހެނދުނު ހއ. މުރައިދޫ އަށްވެސް ވަޑައިގެން އެ ރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީގެ އިތުރުން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، މުރައިދޫ ކައުންސިލާއި ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ފިއްލަދޫ އާއި މުރައިދޫގެ އިތުރުން ދިއްދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށްވެސް ރައީސް ވަޑައިގަންނަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހއ. ފިއްލަދޫ އަށް ކުރައްވާ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު