އާދިއްތަ, November 1
ޓޫރިޒަމް މިނިސްޓަރުގެ މަޤާމުން ފައިޞަލް ވަކިކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަތުރުވެރިކަމާ ބެހޭ ވަޒީރު، އިބްރާހީމް ފައިޞަލް އެ މަޤާމުން ވަކިކުރައްވައިފިއެވެ.

ފައިޞަލް އެ މަޤާމުން ވަކިކުރެއްވުމާ ގުޅިގެން ފަތުރުވެރިކަމާ ބެހޭ ވުޒާރާ ވަގުތީ ގޮތުން ހިންގެވުން މިއަދުން ފެށިގެން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދާ ވަނީ ހަވާލުކުރައްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲގެ ދަރިކަލުން ފައިޞަލް އަކީ ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފަތުރުވެރިކަމާ ބެހޭ ވުޒާރާއަށް ޢައްޔަންކުރެއްވުމާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުންތައް ސަރުކާރަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ. އަދި އޭނާ އެ މަޤާމަށް ޢައްޔަންކުރެއްވީ ޢަބްދުއްރަޙީމްގެ ދަރިކަލުން ކަމަށްވާތީ ކަމަށްވެސް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް، ފައިޞަލް ވަނީ އެކަން ދޮގުކުރައްވައި އެ ވުޒާރާގެ މަސައްކަތްތައް ރައީސް ހަވާލުކުރެއްވީ އެކަން އޭނާއަށް ކުރެވޭނެކަން ޔަޤީންވާތީ ކަމަށް ވިދާޅުވެފައެވެ.

ފައިޞަލް މި މަޤާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ކުނަހަންދޫ - 2025-01-28T12:11:11

    ސައީދު އަކީ ފާއިފުވި ފަސް އަހަރު ލ.ކުނަހަންދޫ ނިސްބަތްވާ ދާއިރާގެ މެންބަރ. ތިސޮރައް ނުވާނެ އެއްވެސް ކަމެއް 5 އަހަރުގެ ދައުރެއްގައި ދާއިރާގެ ނަން 3 ފަހަރައް ބުނެވުނީ ތިސޮރަށް.