Saturday, October 31
ލޭންޑްމާކް ފަރުމާ ކުރުމުގެ މުބާރާތެއް ބާއްވަނީ

ރާއްޖޭގެ އެކި ޞަރަޙައްދުތަކަށް ބަހާލައިގެން 10 ލޭންޑްމާކް ފަރުމާ ކުރުމުގެ މުބާރާތެއް ބާއްވަން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ނިންމައިފިއެވެ.

މި މުބާރާތް ބާއްވަނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އަމާޒުކޮށް ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ބެހެއްޓުމަށް ޓަކައި ތައްޔާރުކުރެވޭ ލޭންޑްމާކް ފަރުމާ ކުރުމަށެވެ.

18 އަހަރުން މަތީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ހުޅުވާލާ މި މުބާރާތުގައި، އެންމެ މަތިން ހޮވޭ 10 ފަރުމާއަކަށް 20,000.00 ރުފިޔާގެ ފައިސާގެ އިނާމަކާއި ސްޕޮންސަރ ކުރާ ފަރާތްތަކުގެ ގިފްޓް ޕެކޭޖެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

28 ފެބުރުއަރީ 2025 ވަނަ ދުވަހުގެ އިރުއޮއްސި 18:00 ގެ ކުރިން މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު