Saturday, October 31
ކަސްޓަމަރަކަށް ގިނަވެގެން ދެން ދޫކުރެވޭނީ ދުވާލަކަށް 3 ލީޓަރުގެ ތެޔޮ: އެފްއެސްއެމް

މާލެ އަދި ހުޅުމާލޭގައި ހިންގާ އެ ކުންފުނީގެ ޝެޑު ތަކުން ފުޅިއަށް އަދި ހަންހަމަށް ތެޔޮ ދޫކުރާ އުސޫލަށް ބަދަލު ގެންނަން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނިިންމައިފިއެވެ.

އެފްއެސްއެމް އިން މިކަމާ ގުޅިގެން ނެރުނު އިއުލާނުގައި ބުނީ މި ކުންފުނިން މާލެ އަދި ހުޅުމާލޭގައި އެއްގަމު އުޅަނދުފަހަރަށް ތެޔޮ ވިއްކުމަށް ހެދިފައިވާ ޝެޑު ތަކުން ހަންހަމަށާއި ފުޅިއަށް ތެޔޮ އަޅައި ދިނުމުގައި އަމަލުކުރަމުން ގެންދާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައި ކަމަށެވެ.

މި ބަދަލުތަށް ގެނައުމަށް ނިންމުނީ ސަލާމަތީ މިންގަނޑު ތަކަށް ބަލައި، އުސޫލަށް ބަދަލު ގެންނަން ފެންނާތީވެއާއި، ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ބަދަލު ތަކުގެ ތެރޭގައި:

- ފުޅިއަކަށް ކަސްޓަމަރަކަށް ގިނަ ވެގެން ދޫކުރެވޭނީ ދުވާލަކަށް 3 ލީޓަރެވެ. އަދި ފުޅިއަށް ތެޔޮ އަޅައިދެވޭނީ އެ ކަސްޓަމަރެއްގެ އައިޑީ ކާޑު ހުށަހެޅުނީމައެވެ.

- ހަންހަމަށް ތެޔޮ ދޫކުރެވޭނީ، ޑިނގީ ނުވަތަ ލޯންޗެއްގެ ރަޖިސްޓްރީއަށް ބަލައި ދުވާލަކަށް ގިނަވެގެން 80 ލީޓަރެވެ.

މި ބަދަލުތަށް ގެންނަން ހަމަޖެހިފައިވަނީ މިއަހަރުގެ ފެބުރުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު