އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަހުމަދު ޝަރީފް އަބްދުއްރަހުމާން ޔޫސުން އައްޔަންކޮށްފި އެވެ.
ޝަރީފް މި މަގާމަށް އައްޔަންކުރުމާއި ގުޅިގެން އެމްޓީސީސީން ވަނީ މަރުހަބާ ކިޔާފައެވެ.
ޝަރީފް ވަނީ ސަރުކާރުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީއެލް) ގެ ނަން-އެގްޒެކިއުޓިވް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ. އޭނާ އެ މަގާމާ ހަވާލުވީ 2021ވަނަ އަހަރުގެ ސެޕްޓެންބަރު 16ގައެވެ.
https://twitter.com/MTCCPlc/status/1883841406722342998
އެމްޓީސީސީގެ ބޯޑަށް މި ފަހުންވަނީ އައު މަގާމުތަކެއް ވެސް އިތުރުކޮށްފައެވެ.
މިހާރު އެ ކުންފުނީގެ ވެބްސައިޓުން ދައްކާ ގޮތުގައި ސަރުކާރުން އައްޔަންކޮށްފައިވާ މެމްބަރުންގެ ގޮތުގައި ތިއްބެވީ އެމްޑީ އަހުމަދު ސައުދީއާއި، ޑީއެމްޑީ މުހައްމަދު ޖަމްޝީދުގެ އިތުރުން ދެ ޑިރެކްޓަރުން ކަމަށްވާ އަލީ ނާއިލާއި ސިނާން އަލީއެވެ.






