Saturday, October 31
ލ. ގަމުގައި ފެންބޮޑުވެ ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަނީ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ލ. ގަމަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެން ބޮޑުވެ، ފެން ހިންދުމުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ލ.ގަމަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އެގޮތުން އެމްއެންޑީއެފް އިން ދަނީ ގޭގޭގެ ދޮރުމަތީގައި ފެންނުވަންނަ ގޮތަށް ވެލި ބަސްތާތަށް ޖަހަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރޭ ފަތިހުން ފެށިގެން ލ. ގަމަށް ހުއްޓާނުލާ ވެހުނު ވާރޭގައި ގަމުގެ 15 ގެއަކަށް ވަނީ ފެންވަދެފައެވެ. އެންމެ ބޮޑަށް ފެންބޮޑުވީ އެރަށު ތުނޑީ އަވަށާއި މަތިމަރަދޫ އަވަށުގައެވެ. އަދި ފެންގަނޑު ހިންދުމަށްޓަކައި، ތުނޑީ އަވަށުގެ ހުޅަނގު ފަރާތުން މޫދާ ދިމާލަށް ކޯރެއް ކަނޑާފައިވެ އެވެ.

މޫސުން ކުރިއަަށް ލަފާކޮށް މެޓުން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދާއި މާދަމާވެސް ވިއްސާރަ ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އަދި މޫސުން ރަނގަޅުވާނެ ކަމަށް މެޓް އިން ލަފާކޮށްފައިވަނީ ބުދަ ދުވަހުން ފެށިގެންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު