Saturday, October 31
ބިދޭސީން މޮނިޓަރ ކުރުމަށްޓަކައި މާލޭގެ ތިން ސަރަހައްދެއް ބަލައިފި

ބިދޭސީން މޮނިޓަރކުރުމުގެ ސިލްސިލާ ހަރަކާތުގެ ދަށުން އިއްޔެ ހަވީރު މާލޭގެ ތިން ސަރަހައްދެއްގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީން މޮނިޓަރ ކުރުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތުގައި އިއްޔެ ހަވީރު 03 ސަރަހައްދެއްގައި އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން ވަނީ ހަރަކާތްތެރިވެފައި ކަމަށެވެ.

މި ހަރަކާތް ކުރިއަށް ގެންދިޔައީ ހީނާމާގޭ ޕާކިންގ، ޒިކުރާ މިސްކިތް ހުންނަ ސަރަހައްދު އަދި ބޮނޑިބަތް ޕާކު ސަރަހައްދުގައެވެ. މި ހަރަކާތުގެ މަގްސަދަކީ އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީން މޮނިޓަރކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފާހަގަކުރުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

https://twitter.com/ImmigrationMV/status/1883793012645581044

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ހައްލުކުރުމަށް މަސައްކަތްކުރަމުންދާ މައްސަލައެކެވެ.

މިގޮތުން އިމިގްރޭޝަނުން ވަނީ މާލޭ އާއި ހުޅުމާލޭގެ އެކި ސަރަހައްދުގައި ހިންގި ގިނަ އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅޭ އެތައް ބިދޭސީންތަކެއް އަތުލައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު