Saturday, October 31
އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް، ސަމާލުވޭ!

އޯޓީޕީ ކޯޑު ބޭނުންކޮށްގެން ހިންގާ ސްކޭމްތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ މަސައްކަތްތަކުގެ ސަބަބުން މިފަދަ މައްސަލަތައް މަދުވެފައިވާއިރު، އޯޓީޕީގެ ބަދަލުގައި އާ އޮތެންޓިކޭޝަން މެތަޑެއް ކަމަށްވާ ފްލޭޝް ކޯލްސް ވަނީ ތައާރަފްވެފައި ކަމަށް ފުލުހުން ބުނެފިއެވެ.

ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތެންޓިކޭޝަން ޓެކްނޮލޮޖީއެއް ކަމަށްވާއިރު، މިއީ ކަސްޓަމަރުގެ ފޯނަށް ކުރާ ކޯލެއް ނުވަތަ މިސްކޯލެއްގެ ޒަރީއާއިން މަސައްކަތްކުރާ ނިޒާމެކެވެ. މި ނިޒާމުގައި ގުޅާ ނުވަތަ މިސްކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތެންޓިކޭޝަން ކޯޑެވެ.

ގިނަ ކުންފުނިތަކުން މި ނިޒާމަށް ބަދަލުވަމުންދާއިރު، ސްކޭމަރުން ވެސް އެމީހުންގެ އުކުޅުތައް ބަދަލުކޮށް، ފްލޭޝް ކޯލްސް މެދުވެރިކޮށް ސްކޭމްކުރަން ފަށާފައިވެއެވެ.

އެހެންކަމުން މި ނިޒާމާ ބެހޭގޮތުން ހޭލުންތެރިވެ، ފްލޭޝް ކޯލްސްއާ ގުޅޭ އެއްވެސް މަޢުލޫމާތެއް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ފުލުހުން އެދިފައިވެއެވެ.

ފޯނަށް ލިބޭ ކޯޑެއް ވެސް އަދި ގުޅާފައި އޮތް ނަންބަރެއް ވެސް އަދި މިސްކޯލެއް ލިބިފައި އޮތް ނަންބަރެއް ވެސް ހިއްސާ ނުކުރުމަށް ފުލުހުން އެދިފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު