އާދިއްތަ, November 8
ރާއްޖެއާއި ކެނެޑާއާ އަދި މޮރޮކޯއާއެކު އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާުކުރައްވައިފި
ރާއްޖެއާއި ބޭރުގެ ދެ ޤައުމަކާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް، އެ ޤައުމުގެ ސަފީރުންނާ މަޝްވަރާކުރައްވައިފިއެވެ. މިގޮތުން ވަޒީރު ވަނީ ކެނެޑާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އެރިކް ވޯލްޝް އާއި ގްލޯބަލް އެފެއާޒް ކެނެޑާގެ ޑިރެކްޓަރ ޖެނެރަލް، މޭރީ ލުއީސް ހައްނާން އާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުންނާއި، ދެ ޤައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. މީގެ އިތުރުން، މޮރޮކޯއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މުޙައްމަދް މަލިކީ އާވެސް ޚާރިޖީ ވަޒީރު ވަނީ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި އިޤުތިޞާދީ ގޮތުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުންނާއި، ރާއްޖެއާއި މޮރޮކޯއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު