ޤައުމީ އެއާލައިން، މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި އެ އެއާލައިންގެ ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓް ކަމަށްވާ އޭ330-200 ގެ ދަތުރުގެ ޗައިނާގެ ޝެންހާއީ އަށް ފަށައިފިއެވެ.
ޝެންހާއީގެ އިތުރުން މޯލްޑިވިއަނުން މިހާރު ޗައިނާގެ އިތުރު ދެ މަންޒިލަކަށްވެސް ދަތުރުކުރެއެވެ. އެގޮތުން މި މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ދަތުރުތައް ޗެންގްޑޫއަށް ފަށާފައިވާއިރު، މި މަހުގެ 24 ވަނަ ދުވަހު އެ އެއާލައިނުން ވަނީ ބެއިޖިންގ އަށްވެސް ދަތުރުތައް ފަށައިފައެވެ. މޯލްޑިވިއަނުން ވަނީ އެ އެއާލައިނުން ޝެންހާއީ އަށް ފުރާ ފުރަތަމަ ފްލައިޓަށް ޗެކް-އިން ކުރި ފަސިންޖަރުންނަށް ޚާއްޞަ ހަދިޔާވެސް ދީފައެވެ.
The journey begins! We are thrilled to welcome our first passengers on the inaugural flight from the Maldives to Shanghai. Thank you to all our passengers for being part of this memorable moment. ✈️#Maldivianaero #Maldives #China #Shanghai pic.twitter.com/uZxgxVL52S
— MaldivianAero (@MaldivianAero) January 27, 2025
މި ދަތުރުތައް ކުރަނީ މޯލްޑިވިއަންގެ އައު އެއާކްރާފްޓުން ކަމަށްވާއިރު، އަލަށް ގެނައި މަތިންދާބޯޓާ އެކީ މޯލްޑިވިއަނުން ވަނީ ޗައިނާއަށް ޚާއްޞަ ފެއަރތަކެއްވެސް ތަޢާރަފްކޮށްފައެވެ. މިގޮތުން ޗެންގްޑޫ އަށް ދެކޮޅު ޓިކެޓު 688 ޑޮލަރަށް ލިބޭއިރު، ބެއިޖިންގ އަށް 788 ޑޮލަރަށް އަދި ޝެންގްހާއީ އަށް 777 ޑޮލަރަށް ލިބެއެވެ.
މިކަމާ ބެހޭގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޖެނެރަލް މެނޭޖަރ، ރިޒަރވޭޝަންސް އެންޑް ޓިކެޓިންގ، އާމިނަތު ސަމީހާ ވިދާޅުވީ މިއީ މާކެޓު ރޭޓުތަކަށްވުރެ %30 އާއި %50 އަގުހެޔޮ ފެއަރތަކެއް ކަމަށާއި، ބޭނުންނަމަ އެއް މަންޒިލަށް ގޮސް، އެހެން މަންޒިލަކުން އަނބުރާ އާދެވޭނެ ކަމަށެވެ.
މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްގައި ހުންނަނީ ޖުމުލަ 264 ގޮނޑިއެވެ. އޭގެ ތެރޭގައި ހިމެނެނީ 18 ބިޒިނަސް ކުލާސް، 36 ޕްރިމިއަމް އިކޮނޮމީ އަދި 2010 އިކޮނޮމީ ކުލާސް ގޮނޑިއެވެ.
މި ލިޔުން ކިޔާލުމުން