Saturday, October 31
ޑިމޮކްރެޓްސްގެ ރައީސަކަށް އިންތި، ނައިބަކަށް ވައްޑެ

ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު، އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) އަދި އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، މުޙައްމަދު ވަޙީދު (ވައްޑެ) ހޮވިވަޑައިގެންފިއެވެ.

ޑިމޮކްރެޓްސްގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް ޙަސަން ލަޠީފާއި ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝިފާޒު ވަނީ އެ ޕާޓީ ދޫކޮށް އެމްޑީޕީއާ ދާދިފަހުން ގުޅިވަޑައި ގަނެފައެވެ.

މިކަމުގެ ސަބަބުން އެ މަޤާމުތަށް ހުސްވެ، ވަގުތީ ރައީސަކަށް ހަމަޖައްސާފައިވަނީ މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު ޙުސައިން ފިރުޝާނެވެ.

ޑެމްސްގެ ރައީސާއި ނައިބު ރައީސްގެ މަޤާމު ހުސްވުމާ ގުޅިގެން އެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެ ދެ މަޤާމަށްވެސް ކުރިމަތިލެއްވީ އިންތި އާއި ވައްޑެ އެކަންޏެވެ.

ޑެމްސް އަކީ އެމްޑީޕީގެ އެތެރޭގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން، ކުރީގެ ރައީސް، މުޙައްމަދު ނަޝީދު (އަންނި) އަށް ސަޕޯޓުކުރައްވާ ބޭފުޅުން އިސްވެ ތިއްބަވައިގެން އުފެއްދެވި ޕާޓީއެކެވެ. ދާދި ފަހުން ޑިމޮކްރެޓްސްގެ އިސް މެންބަރުންތަކެއްވެސް ވަނީ އަލުން އެނބުރި އެމްޑީޕީ އާ ގުޅިވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު