ކަރަންޓު ވިއުގައިގެ ކޭބަލަކަށް ގެއްލުންވެ ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
ސްޓެލްކޯއިން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ހިމެނޭ ސަރަހައްދުގައި އަޅާފައިވާ ކަރަންޓުގެ ވިއުގައިގެ ކޭބަލަކަށް ގެއްލުންވެ ހިރުނދުމަގާއި، އަހިގަސްމަގު ހިމެނޭ ސަރަހައްދުގެ ބަޔަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.
އަދި 130 މީޓަރުގެ އާ ކޭބަލެއް އަލުން އަޅައި އެސަރަހައްދަށް ކަރަންޓު ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
https://twitter.com/STELCOMALDIVES/status/1883563923422818551
އަދި މިކަމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް އެކުންފުނިން ވަނީ މައާފަށް އެދިފައި އެވެ.






