Saturday, October 31
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް މުއުމިނާ

ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު، މުއުމިނާ ވަހީދު މިއަދު އައްޔަން ކުރައްވައިފިއެވެ.

މި މަގާމަށް މުއުމިނާ އައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. އަދި އެކަމަނާ މި މަގާމަށް އައްޔަން ކުރުމަށްޓަކައި ރުހުން ހޯއްދެވުމަށް އެދިވަޑައިގެން މި މަހުގެ 16 ވަނަ ދުވަހު ރައީސް މުއިއްޒު ވަނީ މަޖުލީހަށް ފޮނުއްވާފައެވެ.

މުއުމިނާ، މާސްޓާސް އޮފް ހިއުމަން ރައިޓްސް އެންޑް ޑިމޮކްރެޓައިޒޭޝަން އޭޝިއާ ޕެސިފިކް، ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސިޑްނީ އިންނެވެ.

މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން މުއުމިނާ ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުގެ މަގާމުގަ އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު