Saturday, October 31
ވަގު ފޯމު ފުރި މައްސަލަ ފުލުހަށް އަދި އިލެކްޝަނަށް ހުށަހަޅައިފިން: ދަ ޑިމޮކްރެޓްސް

ވަގު ފޯމު ފުރައިގެން ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދާފައިވާ މައްސަލަ ފުލުހަށް އަދި އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިން ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ޑިމޮކްރެޓްސްއިން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ވަގު ފޯމު ފުރައިގެން އެ ޕާޓީގެ އެތަކެއް މެމްބަރަކު ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވައްދާފައިވާ މައްސަލައާއި ގުޅިގެން މިއަދު ވާނީ، ދިވެހިރާއްޖޭގެ ގާނުނުލްއުގޫބާތުގެ 310 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެ މަތިން އެ މައްސަލަ ތަހުގީގުކޮށް، އެ އަމަލު ހިންގި މީހުންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިދިނުމަށް ⁦‪ފުލުހަށް⁩ އަށް ހުށަހަޅައިފައެވެ.

އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެ ދަށުން އެ ފަރާތްތައް ޖޫރިމަނާކޮށް، މި ޕާޓީގެ ދަފްތަރުން އުނިކޮށްފައިވާ މެމްބަރުންގެ މެމްބަޝިޕް އަލުން އިއާދަކޮށްދިނުމަށް⁦އިލެކްޝަން ކޮމިޝަނަށް ‬⁩ އަށް ވެސް ވާނީ ހުށަހަޅާފައި ކަމަށް ޑިމޮކްރެޓްސްއިން ބުނެފައިވެއެވެ.

https://twitter.com/TheDemocratsMV/status/1883496477458092304

މިދިޔަ ހަފުތާގައި އެމްޑީޕީއިން ވެސް ވަނީ، ވަގު ފޯމު ފުރައި އެ ޕާޓީގެ މެމްބަރުން ޕީއެންސީއަށް ވައްދަން އުޅުނު މައްސަލައެއް ފުލުހަށް ހުށަހަޅައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. އަދުރޭ - 2025-01-26T18:29:53

    ހަރުބަހެއްގާއޮވޭނޫންތޯ ވަޅެއްނުތެޅޭނެ ތެޅޭނީ ދާނިކަމައް