Saturday, October 31
ފުވައްމުލަކު ސިޓީއިން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް މެޓުން ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ފުވައްމުލަކު ސިޓީއިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ރަށްތަކަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:30 އިން ފެށިގެން މިރޭ 22:00 އާއި ދެމެދުގެ ވަގުތަށެވެ.

މެޓުން ބުނެފައިވަނީ މިގަޑިތަކުގައި، މި ސަރަހައްދުތަކަށް، ބޯކޮށް ވާރޭވެހުމާއެކު ގުގުރާ، އަދި ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މިދުވަސްކޮޅަކީ މޫސުން ގޯސްވެފައިވާ ދުވަސްކޮޅަކަށް ވާތީ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު