ސާފުތާހިރުކަމެއް ނެތި އުޅެމުންދިއަ ތަނަކުން ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ޓާސްކު ފޯހުން ވަނީ އިއްޔެ އާއި މިއަދު މާލޭގައި ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ބަލައި ފާސްކޮށްފައި ކަމަށެވެ.
އަދި އެތަނަކީ ވެސް އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ސާފުތާހިރުކަމެއް ނެތި ބިދޭސީން އުޅެމުންދިއަ ތަނެއް ކަމަށާއި، އެތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިއަ 05 ބިދޭސީއަކު ވަނީ މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
https://twitter.com/ImmigrationMV/status/1883454858403127671
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.
މިގޮތުން މާލޭ އާއި ހުޅުމާލޭގެ އެކި ސަރަހައްދުގައި ހިންގި ގިނަ އޮޕަރޭޝަންތަކުގައި ގަވާއިދާ ޚިލާފަށް އުޅޭ އެތައް ބިދޭސީންތަކެއް ވަނީ އަތުލައިގެންފައެވެ.






