Saturday, October 31
ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމުގައި އިންޑިއާއަކީ ރާއްޖެއަށް ނަމޫނާ ޤައުމެއް: ޑރ. ޚަލީލް

ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމުގައި އިންޑިއާއަކީ ރާއްޖެއަށް ނަމޫނާ ޤައުމެއް ކަމުގައި ޚާރިޖީ ވަޒީރު، ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ، ޑރ. އެސް. ޖައިޝަންކަރަށް ފޮނުއްވި މެސެޖުގައި ޑރ. ޚަލީލް ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ހައިސިއްޔަތުން އިންޑިއާ ވެގެންދަނީ މުޅި ދުނިޔެއަށް ލިބޭ ހިތްވަރަކަށް ކަމަށެވެ. އަދި ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ސުލްޙައާއި ހަމަޖެހުމާއި ކުރިއެރުން ކަމުގައި ހެދިދާނެ ގޮތުގެ ލާމަސީލު މިސާލު އިންޑިއާ އިން ދަނީ މުޅި ދުނިޔެއަށް ދައްކަމުން ކަމަށާއި، ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެމާއި، ޑިމޮކްރެޓިކް މުއައްސަސާތައް ބިނާކޮށް ހަރުދަނާކުރުމަށްޓަކައި، އިންޑިއާ ވެގެންދަނީ ދިވެހިރާއްޖެއަށް ނަމޫނާ ޤައުމަކަށް ކަމުގައި ޑރ. ޚަލީލްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގާތް ރަޙްމަތްތެރިކަމުން ހާމަކޮށްދެނީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރާއި ދެމެދު ބަހައްޓަވައި ގާތްކަމާއި، ދެއްވާ އެހީތެރިކަން ކަމަށާއި، ރާއްޖެއަށް ދިމާވާ ކޮންމެ ދަތި ހާލަތެއްގައި އެންމެ ފުރަތަމަ އެހީތެރިކަން ފޯރޮކޮށްދީފައިވަނީ އިންޑިއާކަމަށްވީ ހިނދު، މިކަމުންވެސް ޒަމާނުއްސުރެ ދެ ޤައުމުގެ ދެމެދު އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމަށް ވަޒީރުގެ މެސެޖުގައި ވެއެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި އުފާވެރިކަމާއިއެކު ޖުމްހޫރީ ދުވަސް ފާހަގަ ކުރާ މުނާސަބަތުގައި، އިންޑިއާގެ ސަރުކާރަށާއި، އެޤައުމުގެ ރައްޔިތުންނަށް، އަމަންއަމާންކަމާއި، ކުރިއެރުމާއި، ފާގަތިކަމަށް އެދެމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު