Saturday, October 31
ވަގުތީ ގޮތުން މަނާކުރި ދެ ބޭހެއް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަގުތީ ގޮތުން މަނާކުރި ދެ ބޭހެއް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އެމްއެފްޑީއޭއިން ވަގުތީ ގޮތުން އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާކުރި ދެ ބޭހަކީ ޕާކިސްތާނުގެ ކުންފުންޏަކުން އުފައްދާ Mefnac Suspension 50mg/5ml އަދި Axcel Mefenamic acid Suspension 125mg/5ml އެވެ.

އެ އޮތޯރިޓީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބޭހުގެ، މާރކެޓުން ލިބެންހުރި ބެޗްތަކުގެ ސާމްޕަލް ނަގައި އިތުރަށް ޓެސްޓުކޮށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، މިއަދުން ފެށިގެން ކުރިއެކޭ އެއްގޮތަށް މި ދެ ބޭސް އިމްޕޯޓް ކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަށް ހުއްދަ ދީފައިވާކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ.

އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މި ދެ ބޭސް އިމްޕޯޓް ކުރާއިރު، ޑައިއީތައިލިން ގްލައިކޯލް (DEG) އަދި އިތައިލީން ގްލައިކޯލް (EG) އެނަލައިސިސް ރިޕޯޓް WHO ޕްރިކޮލިފައިޑް ލެބޯރެޓަރީއަކުން ހުށަހަޅަންވާނެ ކަމަށް ބުނެފައެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އިން ލިބޭނެ ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު