Saturday, October 31
ރޯދަ މަހަށް މާލޭގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

ކުރިއަށް އޮތް މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން މާލޭގެ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިގޮތުން ސިޓީ ކައުންސިލުން ބުނީ ހުޅުމާލޭގައި ހުންނަ އަލްޘާނީ މިސްކިތުގައި ގަސް އިންދަމުންދާ ކަމަށާއި،މަސްޖިދުލް ޢަޒީޒާ މުސާ، މިސްކިތުގައި ކަތުރު ފަނި އަޅާފައިވާ މިމްބަރު ގެ ބަދަލުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތް، މަސްޖިދުލް އަމާނީ މަރާމާތުކޮށް ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން ފުރުޤާން މިސްކިތް މިސްކިތް އޭސީކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކުން ކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި، މިސްކިތް ޒީނަތްތެރި ކުރުމަށްވެސް ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އަދި، ހުޅުމާލެ މަސްޖިދުލް ޚައްތާބުގެ ފާޚާނާގެ ދޮރުތަކާއި ޓައިލްސް ބަދަލުކޮށް، ވުޟޫކުރާ ބައި މަރާމާތުކޮށް ނިންމާފައިވާއިރު، މަސަޖިދުލް ތަޤްވާ މިސް ވެސް ޒީނަތްތެރި ކުމާއި ނަމާދު ކުރާބައި ބޮޑު ކުރުމަށް ނިންމުމުގެ އިތުރުން، އެ މިސްކިތުގައި އިތުރު ފާޚާނައެއް ހެދުމަށް ނިންމާފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މާލޭ ސިޓީ ކައުންސިލުން އިތުރަށް ހާމަކޮށްފައިވާ ގޮތުން ރޯދަ މަހާ ދިމާކޮށް، މާލޭގެ މަގުތަކުން ޕެލެޓްތައް ނަގައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ ކުރުމުގެ މަސައްކަތްތައްވެސް މާލޭގެ އެކި ސަރަހައްދު ތަކުގައި ކުރަމުންނެވެ.

އަދި ގޭގެއިން މަގުގެ ދުވާރުމަތީ ކުނި ބަހައްޓާފައި ހުރޭތޯ ބެލުމާއި، ނެރެފައި ހުންނަ ކުނިތައް އުކުމާއި މާލޭގެ މަގުތައް މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު