Saturday, October 31
ހުޅުދޫ ޗަސްބިމުގައި ރޯވި އަލިފާން ނިއްވާލައިފި

އައްޑޫ ސިޓީ، ހުޅުދޫ ޗަސްބިމުގައި ރޯވި އަލިފާން، އެމްއެންޑީއެފް އިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނަށް މި ހާދިސާގެ ރިޕޯޓް މިއަދު ހަވީރު 17:30 ހާއިރު ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައި ކަމަށެވެ.

މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިރޭ 20:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

https://twitter.com/MNDF_Official/status/1883198059208921445

އެމްއެންޑީއެފުން ބުނީ ބޮޑު ސަރަހައްދަކަށް ފެތުރުނު އަލިފާންގަނޑު ނިއްވުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ވަނީ ލިބިފައިކަމަށެވެ.

އެގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، އެ ކޮމާންޑްގެ ހިތަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުންގެ އިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުންނާއި، އައްޑޫ ސިޓީ ކައުންސިލްގެ މީދޫ އަވަށު އޮފީހުގެ މުވައްޒަފުންނާއި އަދި އާންމު ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ލިބިފައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު