Saturday, October 31
ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މިރޭ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

މިރޭގެ މޫސުން ލަފާކުރާ ގޮތް ހާމަކޮށް، މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް
ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެންކަމުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ 21:00 އިން ފެށިގެން މެންދަމު 1:00 އާ ހަމައަށް ވ.އަތޮޅުން ފެށިގެން ދ.އަތޮޅަށް ހުދު ސަމާލު ވެސް ނެރެފައެވެ.

އެ އިދާރާއިން ލަފާކޮށްފައިވާ ގޮތުގައި، އަންނަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެއެވެ.

މިއަދު ކުރި ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދުތަކާއި، ކ.މާފުށީގައި ފެންބޮޑުވުމުން ސިފައިން ވަނީ ފެން ހިންދުމުގައި ހަރަކާތްތެރިވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު