އައްޑޫ ސިޓީ ހުޅުދޫ ޗަސްބިމުގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފް އިން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ބުނީ އައްޑޫ ސިޓީ، ހުޅުދޫ ޗަސްބިމުގައި ރޯވެފައިވާ އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން އަންނަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 17:30 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
https://twitter.com/MNDF_Official/status/1883156021348290809
މައޫލޫމާތު ލިބޭ ގޮތުގައި މީގެ ކުރިން ވެސް އަލިފާނުގެ ހާދިސާތައް ހިނގައިފައިވާ އެ ސަރަހައްދުގައި ރޯވި އެ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވި ދަނީ ފެތުރެމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައެއް ނުވެ އެވެ.






