Saturday, October 31
ފުލުހުން ޓޯވ ކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން 446 ވެހިކަލް ނައްތާލައިފި

ފުލުހުން ޓޯވ ކޮށްފައިވާ ވެހިކަލްތަކުގެ ތެރެއިން ވެރި ފަރާތުން ނުގެންގޮސް ހުރި 446 ވެހިކަލް މިއަދު ނައްތާލައިފިއެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން މިރޭ ބުނީ ފުލުހުން ޓޯވ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން ވެރި ފަރާތުން ނުގެންގޮސް ހުރި 446 އުޅަނދު ގަވާއިދުގައިވާ ގޮތުގެ މަތިން މިއަދު ނައްތާލާފައިވާ ކަމަށެވެ.

މިއަދު ނައްތައިލި އުޅަނދުތަކުގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 378 އުޅަނދާއި، ހަތަރު ފުރޮޅުލީ 40 އުޅަނދާއި، 28 ބައިސްކަލް ކަމަށް ފުލުހުން ބުންޏެވެ.

https://x.com/PoliceMv/status/1883180129633128929

ފުލުހުން ޓޯވ ކުރާ އުޅަނދުތަކުގެ ލިސްޓުތައް އާންމުކޮށް، އެކަން އިއުލާނުކުރާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އުޅަނދުތައް ގެންދިއުމަށް އުޅަނދުތަކުގެ ވެރި ފަރާތްތަކަށް މުހުލަތެއް ދެއެވެ.

އެ މުއްދަތުގައި ނުގެންގޮސް ހުންނަ އުޅަނދުތައް ނައްތައިލަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 68-1 ވަނަ މާއްދާގެ ދަށުން ހަމަޖެހިފައިވާ އުސޫލުގެ މަތިންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު